މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ނެލުގައި އަރާ ފޭބުމަށް ޖެޓީއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

1. ރ.ނެލުގައި އަރާ ފޭބުމަށް 200 ފޫޓު ދިގު އަދި ފުޅާމިނުގައި 6 ފޫޓު ހުންނަ ޖެޓީއެއް ޢިމާރާތް ކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލެމެވެ. އަދި މި މަސައްކަތުގެ EI (Environmental Impact) ހަދައި ހުށަހަޅަނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.

2. ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ.

    * ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700403001  / 1350 REVENUE 1

3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 04 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 07 އޮކްޓޫބަރ 2026 ވާ ބުދަ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

     އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ފޯނު ނަންބަރު: 6580028

     އީ-މެއިލް: [email protected]

     ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

17 ސެޕްޓެންބަރު 2026
ހޯދާ