ދިވެހިރާއްޖެ
ކްރިމިނޮލޮޖިއާ އީ ސިނެމާ" އިން އިންތިޒާމުކޮށްގެން 2026 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯޓް ފިލްމު މޭކިންގ މުބާރާތުގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ފޮރެންސިކް ސައިންސަސް ޔުނިވަރސިޓީ އިންޑިއާ ގައެވެ.
މުބާރާތުގެ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމުތައް:
- 1 ވަނަ އިނާމު: 60,000 އިންޑިއަން ރުޕީސް
- 2 ވަނަ އިނާމު: 30,000 އިންޑިއަން ރުޕީސް
- 3 ވަނަ އިނާމު: 10,000 އިންޑިއަން ރުޕީސް
(މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.)
މި އިވެންޓުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އޮފިޝަލް ޓިކެޓިންގ ޕްލެޓް ފޯމް މެދުވެރިކޮށް ޓިކެޓް ގަތުމުގެ ފުރުޞަތު، އިވެންޓްގެ 30 ދުވަސް ކުރިން، (27 އޮކްޓޫބަރު 2026) އިން ފެށިގެން ހުޅުވާލެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
- ވެބްސައިޓް: www.criminologiaecinema.com
- ވަޓްސްއެޕް: 7428288 +960 (WhatsApp)
ވީމާ، މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://www.criminologiaecinema.com/register މި ލިންކް މެދުވެރިކޮށް ރެޖިސްޓަރ ވުމަށްފަހު ކުރު ފިލްމު ހުށަހެޅުއްވަށް ދަންނަވަމެވެ. އަދި މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
