ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން މުބާރާތް – 1448

މި ކައުންސިލް އިން މި އަހަރު 'މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން – 1448' ގެ ނަމުގައި ޤުރުއާން މުބާރާތެއް 5 ނޮވެމްބަރ 2026 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި އަދި ކައުންސިލް ވައިބަރ ގްރޫޕް 'މަޑަވެލި ކައުންސިލް ނޯޓިސްބޯޑް' ގައި ހިއްސާ ކުރެވިފައިވާނެއެވެ.

މިއީ މަޑަވެލީގެ ރައްޔިތުންނާއި، މަޑަވެލީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ވާދައިގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވެވޭނީ އެއް ކެޓަގަރީގައި އަކުން ކޮންމެވެސް އެއް ގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވާ ފަރާތަކަށް ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރި ނުވެވޭނެއެވެ. އަދި މި މުބާރާތުގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މުޅި މުބާރާތުގެ 1 ވަނައަށް ހޮވޭ ފަރާތަކަށް -/10،000ރ (ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމް)، 2 ވަނަ އަށް ހޮވޭ ފަރާތަކަށް -/7000ރ (ހަތްހާސް ރުފިޔާގެ ފައިސާގެ އިނާމް)، އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000ރ (ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމް) ވަނީ ކަނޑައެޅިފައެވެ. މީގެ އިތުރުން އެކި ކެޓަގަރީތަކުން ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާ އާއި، މުޤައްރަރު ހިމަނައި މި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ.

ފޯމް ލިންކް: https://forms.gle/b4HWQ4Hn5xH4DvGW8

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

         

17 ސެޕްޓެންބަރު 2026
ހޯދާ