ދިވެހިރާއްޖެ
ޓާރފް ބޮޑު ދަނޑަށް ކަރަންޓް ލައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޓާރފް ބޮޑު ދަނޑަށް ކަރަންޓް ކޭބަލް ލައިދީ ކަރަންޓް ގުޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތް ކޮއްދެވޭނެ އަގު ހިމަނައި، ކޯޓޭޝަން ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.
ރަޖިސްޓްރީވުން:
ކޮޓޭޝަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2026 ބުރާސްފަތި ދުވަހުގެ 13:00ން ފެށިގެން 21 ސެޕްޓެމްބަރު 2026 ހޯމަ ދުވަހުގެ 13:00 އާއި ދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/aGB535QDu8Bk7Szb8
ކޯޓޭޝަން ހުށަހެޅުމާއި ، ކެނޑުން:
|
ތާރީހް: |
ދުވަސް: |
ވަގުތު: |
ތަން: |
|
23 ސެޕްޓެމްބަރ 2026 |
ބުދަ |
13:00 |
ށ.ކަނޑިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. |
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިއުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6540041 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
06 ރަބީޢުލްޢާޙިރް 1448
