މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

މި ކުންފުނީގެ ތިލަފުށި ސައިޓުގައި ހުރި ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކައިލަން ބޭނުންވެއެވެ. މި ނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.

1- ނީލަން ކިއުން އޮންނާނީ 2016 ފެބުރުވަރީީ 25 ވާ ބުރާސްފަތި ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުގެ ފުރަތަމަ ފަންގިފިލާ (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.

2- މި ތަކެތި ބެހެއްޓިފައި ވަނީ އެމްޓީސީސީ ތިލަފުށީ ސައިޓުގައެވެ.

3- މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށީ ސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމު ހަމަޖެހޭނެެވެ.

4- ނީލަން ކިޔަނީ ގާތްގަޑަކަށް 400 ޓަނުގެ ބާދަގަނޑެވެ.

5- ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓްގަނި ރަޖިސްޓަރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް -/10,000 ރ (ދިހަހާސް ރުފިޔާ) 25 ފެބުރުއަރީ 2016 މި ތާރީޚުގެ 13:30 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.

6- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.

7- ނީލަން ފެށޭނީ ޓަނަކަށް -/1,000 ރުފިޔާގެ ރޭޓުން -/400,000 ރ (ހަތަރު ލައްކަ) ރުފިޔާއަށެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/500 (ފަސް ސަތޭކަ ރުފިޔާ) ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.

9- ނީލަން ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެވެ.

10- ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުންގެންގޮސް ނިންމަންވާނެއެވެ،

11- ދަގަނޑު ދޫކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން ހަވީރު 14:00 އަށެވެ.

މި ނީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ނަންބަރު 3001484/3001476 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

18 ފެބުރުވަރީ 2016
ހޯދާ