މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.އަމާންވެށީގެ އެކަމަޑޭޝަން ބްލޮކްގައި ފާޚާނާ މަރާމާތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ލ.އަމާންވެށީގެ އެކަމަޑޭޝަން ބްލޮކްގައި ފާޚާނާ މަރާމާތްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހު 10:30 ގައި ލ. ފޮނަދޫ، އަމާންވެށީގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަދި ލ. ފޮނަދޫ، އަމާންވެށީ ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު ހެނދުނު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

އަންދާސީ ހިސާބު ހުށައެޅުއްވުން

01 އޮކްޓޯބަރ 2026

ބުރާސްފަތި

11:30

މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)

އަންދާސީ ހިސާބު ހުށައެޅުއްވުން

01 އޮކްޓޯބަރ 2026

ބުރާސްފަތި

11:30

ލ. ފޮނަދޫ، އަމާންވެށީ

                             04  ރަބީޢުލްއާޙިރު 1448ހ.

17 ސެޕްޓެންބަރު 2026
ހޯދާ