ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
1 އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯއަށް ދޯންޏެއް ކުއްޔައްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެ

1 އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯއަށް ދޯންޏެއް ކުއްޔައްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

1 (އެކެއް) އަހަރުދުވަހަށް އެސްޓީއޯއަށް ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 މަސައްކަތް: 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެސްޓީއޯއަށް ދޯންޏެއް ކުއްޔަށްދިނުން

 މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ފެބުރުވަރީ 28 ވަނަ ދުވަހު 1000 ގެ ކުރިން އެސްޓީއޯ ހެޑު އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް 2016 ފެބުރުވަރީ 28 ވަނަ ދުވަހު ބީލަންކަރުދާސް ދޫކުރާނީ އީމެއިލުންނެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މާރިޗު 06 ވާ ދުވަހުގެ 1500 ގެ ކުރިން އީމެއިލުން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2016 މާރިޗު 08 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 1530 ގައި އެސްޓީއޯ ހެޑު އޮފީހުގައި އޮންނާނެއެވެ.

ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 މާރިޗު 13 ވަނަ ދުވަހުގެ 1430 ގައި އެސްޓީއޯ ހެޑު އޮފީހުގައެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކާއި އަދި ގަޑި ޖެހިގެން ޙާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:    3344224، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

7 ޖުމާދަލްއޫލާ 1437

 

16 ފެބުރުވަރީ 2016
ހޯދާ