ދިވެހިރާއްޖެ
އިޢުލާނު
މި އަހަރުގެ އޮކްޓޫބަރު މަހުގެ 08 ން 10 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލެކުއަރ އައިލެންޑް ޤުރުއާން މުބާރާތް 1448 އިންސާފުކޮށްދޭނެ 03 ފަނޑިޔާރުންގެ ޕެނެލެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2026 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިއިދާރާގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިގޮތުން ކޯޓޭޝަން ހުށަހަޅުއްވަންވާނީ 03 ފަނޑިޔާރުން ހިމެނޭގޮތަށެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަނާއެކު ފަނޑިޔާރުންގެ ޕްރޮފައިލެއް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި އިންސާފުކޮށްދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަކީ، ޤުރުއާން މުދައްރިސްކަމުގެ ދާއިރައިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލުކޮށްފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މި މަސައްކަތާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6600006 އާ ގުޅުއްވުން އެދެމެވެ. އަދި މިއިޢުލާނާއެކު އަގުބަލާ ފޯމް އެއްހީރަސް ކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
