ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ރެޖިސްޓްރަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

 އެސިސްޓަންޓް ރެޖިސްޓްރަރ

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

ޖޮބް މެޓްރިކްސް

 އެސިސްޓަންޓް ކޯޓް ރެޖިސްޓްރަރއިން

ޖޮބްފެމިލީ

 ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް

މިސްކޯ ކޯޑު:

 1349

މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 7

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ސިވިލް ކޯޓް

ސެކްޝަން:

-

މުސާރަ:

 -/20,200 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް: -/11,570 ރުފިޔާ
  • ޙާޟިރީ ޢިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/315 ރުފިޔާ
  • ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/220 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ރަޖިސްޓްރާރ އަށް އެހީތެރިވެދިނުން، އޭގެ ތެރޭގައި:-

 (ހ) ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

 (ށ) ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ލިޔުންތައް ހުށަހެޅިފައިވަނީ ކޯޓުގެ ޤަވާޢިދާ އެއްގޮތަށްތޯ   ކަށަވަރުކުރުން. މިގޮތަށް ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ، އެ ޤަވާއިދާ   ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއް  ނުވަތަ ލިޔެކިޔުމެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔެކިޔުމެއް، އެ   ޤަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ އެ ލިޔެކިޔުމެއް ބަލައި   ގަތުމާ ބަލައިނުގަތުމުގައި ގޮތެއް ކަނޑައެޅުން.

 (ނ) ކޯޓަށް ހުށަހަޅާ މައްސަލަތުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ކޯޓުގެ ކަލަންޑަރ ތައްޔާރުކުރުމާއި   ޝާއިޢުކުރުން.

  1. ކޯޓަށް ހުށަހަޅާ ލިޔުންތަކުގެ ތެރެއިން، ރަޖިސްޓްރަރ ސެކްޝަނަށް ފޮނުވާ އެންމެހާ ލިޔުންތަކަށް ޖަވާބު ދިނުން.
  2. މައްސަލަތަކާއި ގުޅިގެން ހިފަހައްޓާފައިވާ ޕާސްޕޯޓްތަކާއި، އެކައުންޓް ފްރީޒް އަމުރުތަކާއި، ބަންދުގެ އަމުރުތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމު ހަމަޖެއްސުން.
  3. ކޯޓަށް ބޭނުންވާ އެކިއެކި ޤަވާޢިދުތައް ޑްރާފްޓްކުރުމާއި، ލިޔުންތައް ތައްޔާރުކުރުން.
  4. ކޯޓުގެ ފަރާތުން އެކި ފަރާތްތަކަށް މަޢުލޫމާތު ދިނުން. (ޓްރެއިނިންގ ވޯކްޝޮޕް ހިމެނޭގޮތުން)
  5. ކޯޓުން މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް ކޯޓާގުޅޭ މަޢުލޫމާތު ދިނުން.
  6. ރަޖިސްޓްރަރގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ ޙާލަތްތަކުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރަރގެ މަސްޢޫލިއްޔަތު އަދާކުރުން.
  7. ރަޖިސްޓްރަރގެ ދަށުގައި ހުރި ސެކްޝަންތަކުގެ ތެރެއިން ސެކްޝަނެއްގެ ވެރިޔަކު ޗުއްޓީ ނަންގައިފިނަމަ، ރަޖިސްޓްރަރ ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ ސެކްޝަނެއްގެ ހިންގުމާ ޙަވާލުވެ ސެކްޝަނެއްގެ ކަންކަން ބެލެހެއްޓުން
  8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފޮނުވާ އަމުރުތައް ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން.
  9. މެޖިސްޓްރޭޓް ކޯޓުތަކުގެ މައްސަލަތަކާއި ގުޅިގެން މިކޯޓަށް ފޮނުވާ ފެކްސް މެސެޖްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން
  10. ޑިއު ޑިލިޖެންސްގެ ބޭނުމަށް މައުލޫމާތު ސާފުކޮށްދިނުމަށް ހޯދަންޖެހޭ މައުލޫމާތުތައް ހޯދާ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އިދާރީ އިންތިޒާމު ހަމަޖެއްސުން
  11. ސިވިލް ކޯޓުން ސާބިތުވާ ދަރަނިތަކުގެ ރިކޯޑްތައް ބެލެހެއްޓުމާގުޅޭ އެންމެހާ ކަންކަމުގެ އިންތިޒާމު ހަމަޖެއްސުން.
  12. ރަޖިސްޓްރީކުރުމާއި ތަސްދީޤުކުރުމަށް އެދި ހުށަހަޅާ ލިޔުންތައް ރަޖިސްޓްރީކޮށްދިނުން
  13. ލިޔުންތައް ރަޖިސްޓްރީކުރުމާއި ތަސްދީޤުކުރުމަށްޓަކައި ކޯޓަށް އަންނަ ފަރާތްތަށް ލައްވައި ލިޔުންތަކުގައި ސޮއިކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުން

 

މަޤާމުގެ ޝަރުޠުތައް:

1-      ޝަރީޢަތާ ޤާނޫނު, ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން އަދި ޓްރައިބިއުނަލް، ކޯޓް ނުވަތަ ތަންފީޒީ އިދާއިރާއެއްގައި ކޭސް ރެޖިސްޓްރޭޝަންގެ މަސައްކަތްކޮށް މަދުވެގެން 2(ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

ޝަރީޢަތާއި ޤާނޫނު / ޤާނޫނު

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ޝަރީޢަތާއި ޤާނޫނު / ޤާނޫނު

 

 

ޕްރިފަރޑް ޑިސިޕްލިންތައް:

 

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

 

  1. ޝަރީޢަތާއި ޤާނޫނު / ޤާނޫނު

 

ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި އިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

25

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

ޕްރެޒެންޓޭޝަން

15

އިންޓަރވިއު

30

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ   29 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 30 ސެޕްޓެންބަރު 2026 ން 15 ނޮވެންބަރު 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

17 ސެޕްޓެންބަރު 2026
ހޯދާ