އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެ

މި އޮފީހަށް ތިރީގައި މިދަންނަވާ ތަކެތި  ގަތުމަށް ކުރެވުނު ނަންބަރުގެ (IUL)7-ADMN/1/2026/69 އިޢުލާން، އިދާރީ ސަބަބަކާއި ގުޅިގެން ބާތިލްކޮށް އަލުން އިޢިލާނުކުރަމެވެ.

ޢަދަދު

އައިޓަމް

20

ލެޕްޓޮޕް

 

މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި ޢިއުލާނާއެކު ވަނީ ހިމެނިފައެވެ.

މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2026 ސެޕްޓެންބަރު 24 ވާ ބުޜާސްފަތި ދުވަހުގެ 12:00 ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2026 ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

16 ސެޕްޓެންބަރު 2026
ހޯދާ