ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިގެދޮރުގައި މަގުމައްޗަށް ހުންނަ ގަސްތަކުގެ އޮފިތައް ކޮށުމާއި ގުޅޭ:

މިރަށުގެ ގޯތިގެދޮރުގައި ހައްދާފައިވާ ގަސްތައް ބޮޑެތިވެ، ގަސްތަކުގެ އޮފިތައް މަގުމައްޗަށް ވާގޮތަށް ބޭރަށް ނިކުމެ، މަގުގައި ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށް އުދަނގޫވާގޮތަށް ހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

ޚާއްޞަކޮށް، އެމްބިއުލާންސް ދުއްވުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާކަމުގެ ޝަކުވާ މިއިދާރާއަށް ވަނީ ހުށަހެޅިފައެވެ.

ވީމާ، މަގުމައްޗަށް ނިކުމެފައިވާ ގަސްތަކުގެ އޮފިތައް ބިމުންފެށިގެން 15 (ފަނަރަ) ފޫޓު މައްޗަށް ކޮށައި ކަނޑައި 30 ސެޕްޓެމްބަރު  2026 ކުރިން ސާފުކުރުމަށް އަންގާ އިޢުލާނު ކުރަމެވެ.

އަދި ދަންނަވަމެވެ. އިސްވެ ދެންނެވުނު ތާރީޚުގެ ނިޔަލަށް މަގުމައްޗަށް ނިކުމެފައިވާ އޮފިތައް ކޮށައި ސާފުނުކޮށްފިނަމަ، މަގު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެފަދަ އޮފިތައް ކައުންސިލުގެ އިދާރާއިން ކޮށައި ސާފުކުރާނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް ކައުންސިލުން އޮފިތައް ކޮށައި ސާފުކުރުމުގެ ތެރޭގައި ގަހަށް ނުވަތަ އިންއިމަށް ލިބޭ އެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާނުވާނެ ވާހަކަވެސް ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2026
ހޯދާ