މަޤާމު:
|
ސީނިއަރ އޮފިސަރ (މާކެޓިންގ އެންޑް ޑިޒައިނިންގ)
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މުސާރަ:
|
މަހަކު -/6،295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2،250 ރުފިޔާ
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަޤާމުގެ ރޭންކް:
|
MS2-1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
މަޤާމުގެ ޝަރުޠުތައް:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5/4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- މަސައްކަތާ ގުޅޭ ދާއިރާއަކުން ދިގު މުއްދަތެއްގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީއާއި ކޯސްތައް މާކެޓްކުރުމަށް ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ތަންފީޒުކުރުން.
- މާކެޓިންގ ރިސަރޗްކުރުމާއި، އޭގެ ރިޕޯޓުތައް އެކުލަވައިލައި، ސުޕަވައިޒްކުރާ ފަރާތަށް ހުށަހެޅުން.
- ޔުނިވަރސިޓީގެ އިމޭޖް ރަނގަޅުކުރުމަށް ޕީ. އާރް. ފުރުޞަތުތައް ހޯދައި، ކަމާ ގުޅޭ ފަރާތްތަކާ ނެޓްވޯރކް ކުރުން.
- ޔުނިވަރސިޓީގެ ޕްރޮމޯޝަންތަކާއި އިވެންޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ޔުނިވަރސިޓީގެ ފަރާތުން ހިންގާ އިވެންޓްތަކާއި ޖަލްސާތަކުގެ ފޮޓޯނަގައި، ކެޓެލޮގްކޮށް ބެލެހެއްޓުން.
- ސޯޝަލް މީޑިއާގައި ޔުނިވަރސިޓީ ޤާއިމްކޮށް، ޔުނިވަރސިޓީގެ އިމޭޖް ކުރިއެރުވުމަށް މަސައްކަތްކުރުން.
- ޔުނިވަރސިޓީގެ ކޯސްތައް ޕްރޮމޯޓްކުރުން.
- ޔުނިވަރސިޓީގެ ފަރާތުން ނެރޭ ފޮތްތަކާއި، މެގެޒިންތަކާއި، ލީފްލެޓްތަކާއި، އެނޫން ލިޔެކިޔުންތައް ޑިޒައިންކޮށް ލޭއައުޓް ހެދުން.
- ޔުނިވަރސިޓީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން، މި ފޯމު ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މި މަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 8:00 އާއި 23:00 އާ ދެމެދުގައި، 7 ގަޑިއިރުއެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2016 ފެބުރުއަރީ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|