ދިވެހިރާއްޖެ
ސަވައިވަލް ސެންޓަރުގައި އާރޖެންޓްކޮށް ކުރަން ހުރި މަރާމާތު
މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންތައް ބާއްވާ ސާރވައިވަލް ކޮމްޕްލެކްސް/ވިލިނގިލީގައި ތިރީގައިވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- ލައިފްބޯޓް ނަގާ ތިރިކުރާ ޑެވިޓުގައި ހަލާކުވެފައިވާ ދަގަނޑުބައި ކަނޑާނަގައި އާ ބައެއް ހަރުކުރުމާއި ވެލްޑިންގ ކުރުން
2- މި ސަޕޯޓްގައި ހަރުކޮށްފައިވާ ސޭފްޓީ ޕިން (ދަގަނޑު ލީވަރ) މަރާމާތު ކުރުން
3- ޑެވިޓްގެ ތިރީ ފައުންޑޭޝަންގައި ތުނިވެފައިވާ ތަންތަން ކަނޑާނަގައި އާޕްލޭޓް ވެލްޑިންގ ކުރުން
4- ޑެވިޓުގައި އިލެކްޓްރިކް ވޯޓަރޕްރޫފް ލައިޓެއް ހަރުކޮށް ވައިރުކުރުމާއި، ކަރަންޓު ގުޅައިދިނުން
5- ބޯޓު މައްޗަށް ނަގާއިރު އޮޓޮމެޓިކުން މޯޓަރުގެ ކަރަންޓް ކެނޑޭގޮތަށް ލިމިޓް ސްވިޗެއް ހަރުކުރުން (ވޯޓަރޕްރޫފް)
6- މޫދުން އެއްގަމަށް އެރުމަށް ކީވޯލްގައި ހަރުކުރާ ސިޑި، އަޅުވައި ނެއްޓޭގޮތަށް ކީވޯލް މަތީގައި ދެ ބޯލްޓް ހަރުކުރުން
7- އަލިފާން ނިއްވުމަށް ބޭނުންކުރާ ކޮންޓެއިނަރގައި ފޫގޮސްފައިވާ ތަންތަން ދަގަނޑު ޕްލޭޓް އަޅައި ވެލްޑިންގ ކުރުން
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.
މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތަކާބެހޭ އިތުރު ތަފުސީލު ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ވިލިނގިލީގައި (ކ.ވިލިނގިލީގައި) ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
28 ފެބްރުވަރީ 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
03 މާރިޗު 2016 |
11:00 |
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.
8 ޖުމާދަލްއޫލާ 1437