މަޤާމުގެ ނަން: ސިވިލް އިންޖިނިއަރ
|
މުސާރަ: -/14،500 ރުފިޔާ
|
ފުޑް އެލަވަންސް: -/1،050 ރުފިޔާ
|
ލިވިންގ އެލަވަންސް: -/1،500 ރުފިޔާ
|
އެޓެންޑެންސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ސެޓިފިކެޓް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން، ސެޓްފިކެޓް އެލެވަންސްގެގޮތުގައި، މުސާރައިގެ % 40 ލިބޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، ގުޅީފަޅު ސައިޓް
|
މަޤާމުގެ ޝަރުޠު:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ މަޤާމާ ގުޅޭ ދާއިރާއެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
- ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މެނޭޖެރިކަލް މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.
- ޕްރޮޖެކްޓް މެނޭޖްކުރުމާއި، ސުޕަވައިޒްކުރުމުގެ ހުނަރު ލިބިފައިވުން.
- އޮޓޭކެޑް ބޭނުންކުރަން އެނގުމާއި، ޑްރާފްޓިންގ އެންޑް ޑިޒައިނިންގ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ގުޅިފަޅުގެ މާސްޓަރ ޕުލޭނާ އެއްގޮތަށް ގުޅިފަޅު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
- ގުޅިފަޅުގެ މާސްޓަރ ޕުލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށްޓަކައި އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި، އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން.
- ޓެކްނިކަލް އަދި ފީސިބިލިޓީ ސްޓަޑީޒް ތައްޔާރުކުރުމާއި އެއާ ގުޅޭ ބުލޫ ޕްރިންޓްސް ތައްޔާރުކުރުން.
- މަސައްކަތާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި، މައްސަލައެއް ދިމާވާ ހާލަތެއްގައި އެ މައްސަލައެއް ޙައްލުކުރުން.
|
މަޤާމުގެ ނަން: ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ
|
މުސާރަ: -/10،400 ރުފިޔާ
|
ފުޑް އެލަވަންސް: -/1،050 ރުފިޔާ
|
ލިވިންގ އެލަވަންސް: -/1،500 ރުފިޔާ
|
އެޓެންޑްސް އެލަވަންސް: ދުވާލަކަށް -/20 ރުފިޔާ
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
ސެޓިފިކެޓް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން، ސެޓްފިކެޓް އެލެވަންސް ގޮތުގައި، މުސާރައިގެ % 40 ލިބޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް، މާލެ އޮފީސް
|
މަޤާމުގެ ޝަރުޠު:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން މެނޭޖްމެންޓް ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓުސް ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން.
- ޕްރޮކިއުމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ކުންފުންޏަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ކުރިއަށްގެންދިޔުން.
- ކުންފުންޏަށް ބޭނުންވާ މުދާ ފަދަ ތަކެތި ގަތުމަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައި، ތަފާސްހިސާބުތައް ހެދުން.
- ޕާރޗޭސް އޯޑަރ / ވޯރކް އޯޑަރ ތައްޔާރުކުރުން.
- ބިޑާއި އެއާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އިޢުލާނުކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
- ޕްރޮކިއުމަންޓް ސެކްޝަން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ އެނޫން މަސައްކަތް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ލިޔުންތައް (އެޓެސްޓްކޮށްފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
ހުށަހަޅަންވީ ތަން: ހ. އާގަދަގޭ ދެވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
|
ސުންގަޑި:
2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން (އޮފީސް ހުޅުވިފައި ހުންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އިން 16:00 އަށެވެ.)
|
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3016630 ނަންބަރު ފޯނަށެެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.
|