ދިވެހިރާއްޖެ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް 2026 ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ ރަސްމީ ހަފްލާ 03 އޮކްޓޫބަރު 2026 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މިޙަފްލާގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ޕްރީ-ބިޑް މީޓިންގ
މި މަސައްތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ތާވަލި ތިރީގައި އެވަނީއެވެ.
|
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
|
ޕްރީބިޑް މީޓީންގ |
17 ސެޕްޓެންބަރު 2026 (ބުރާސްފަތި) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަޢުލޫމާތު ސެޝަންގައި ޙިއްސާކުރެވޭނެއެވެ. އޭގެފަހުން މި އިޢުލާނާއި ގުޅުންހުރި ލިޔެކިޔުމާއި މަޢުލޫމާތު ލިބިގަތުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
|
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
|
ބީލަން ހުށަހެޅުން/ހުޅުވުން |
24 ސެޕްޓެންބަރު 2026 (ބުރާސްފަތި) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 ސެޕްޓެންބަރު 21 ވާ ހޯމަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
