މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ (މިކްސް) ފަރާތުން 04 އޮކްޓޯބަރ 2026 އިން 15 އޮކްޓޯބަރ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ-ޓެސްޓް ޓްރެއިނިންގ އަށް ބޭނުންވާ ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ (މިކްސް) ފަރާތުން 04 އޮކްޓޯބަރ 2026 އިން 15 އޮކްޓޯބަރ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ-ޓެސްޓް ޓްރެއިނިންގ އަށް ބޭނުންވާ ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 12:15 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

04 ރަބީޢުލްއާޙިރު 1448ހ.

15 ސެޕްޓެންބަރު 2026
ހޯދާ