ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމު:

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-462515

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ސާރވިސް ރޭންކް 4 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކެނދިކުޅުދޫ ސްކޫލް، ނ. ކެނދިކުޅުދޫ

މުސާރަ:

މަހަކު 8505.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2555.00 ރުފިޔާ

ހާޒިރީ އިނާޔަތް:

70.00 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

 

އެހެނިހެން އެލަވަންސް:

  1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލް ކައުންޓަރަށް ލިބޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަނެ، އެތަކެތި ރަސްމީ ނިޒާމުގެ ތެރެއިން އެންޓްރީކޮށް ބެލެހެއްޓުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ އިތުރުން، ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ، ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުން.
  2. ސްކޫލުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އެންޓްރީތައް ބެލެހެއްޓުމާއި، ރަސްމީ ލިޔެކިޔުންތަކާއި މުއާމަލާތްތައް ތައްޔާރުކޮށް ފޮނުވުމުގެ އިތުރުން، ލިބޭ އީމެއިލްތަކަށް ޖަވާބުދާރީވެ، ދުވަހުގެ ޔައުމިއްޔާ ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ މައުލޫމާތު ހިއްސާކުރުން.
  3. ސްކޫލުގެ އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކަށް ތައްޔާރުވެ އެހީތެރިވުމާއި، އިތުރު ހަރަކާތްތަކުގެ އިތުރުން ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި ފުރިހަމަ އެއްބާރުލުން ދިނުން.
  4. މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތަކާއި ވަޒީފާ ބަޔާންތައް ހިމެނޭހެން، ވަޒީފާއާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީއާއި، މުސާރަ ސްލިޕްގެ އިތުރުން ޕާސަނަލް ފައިލްތަކާއި މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުން.
  5. ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުމާއި، މުވައްޒަފުންނާއި އެކި މުއައްސަސާތަކަށް ބޭނުންވާ ތަކެތި ދޫކުރުމުގެ އިތުރުން، ސްކޫލްގެ އިމާރާތްތަކާއި ކަބަޑުތަކުގެ ތަޅުދަނޑިތައް ދޫކޮށް ބެލެހެއްޓުމުގެ އެންމެހައި ކަންކަން ގަވާއިދުން ހިންގާ ބެލެހެއްޓުން.
  6. ސްކޫލަށް ކުދިން ވެއްދުމާއި ވަކިކުރުމުގެ އެންމެހައި އިޖުރާއަތްތައް ފުރިހަމަކޮށް، ދަރިވަރުންގެ މަޢުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމާއެކު، ކަމާގުޅޭ ރިޕޯޓްތަކާއި ލީވިންގ ސެޓްފިކެޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  7. ދަރިވަރުންގެ ތަޢުލީމީ އަދި އިތުރު ހަރަކާތްތަކުގެ ތެރެއިން ސްކޫލްގެ އެންމެހައި ސިއްރުތައް ހިފަހައްޓައި، ސްކޫލްގެ ކަރާމާތާއި ގަދަރު ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
  8. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތިޖޫރީއަށް ފައިސާ ޖަމާކޮށް ބެލެހެއްޓުމާއެކު، މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ނިންމައި ގަވާއިދުން ހަވާލުކުރުން.
  9. އޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކާ ގުޅޭ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކުރިއަށް ގެންދިއުމާއި، އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުމުގެ އިތުރުން، އިމްތިޙާނުތަކުގެ ނަތީޖާ އާއި ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުން.
  10. ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ކޯޓޭޝަން ހޯދުމާއި، ޕާޗޭސް އޯޑަރު ތައްޔާރުކުރުމާއި، މުދާ ބަލައިގަނެ ކަމާގުޅޭ ފަރާތްތަކާ ހަވާލުކުރުމުގެ އިތުރުން ބިޑް، ކޮންޓްރެކްޓް، އެސްޓިމޭޓް އަދި ފައިސާގެ ލިޔެކިޔުންތަކާ ގުޅޭ އެންމެހާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ބެލެހެއްޓުން.

 

 މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓު 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް: -

  1. އެކައުންޓިންގ
  2. އެކައުންޓިންގ ޓެކްނީޝަން
  3. އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް
  5. ބިޒްނަސް އެކައުންޓިންގ
  6.  ބިޒްނަސް އެޑްމިނިސްޓްރޭޝަން
  7.  ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ
  8.  ބިޒްނަސް މެނޭޖްމަންޓް
  9. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
  10. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
  11.  ކޮމްޕިއުޓަރ ޕްރޮގްރާމިންގ
  12. ކޮމްޕިއުޓަރ ސައިންސް
  13. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
  14. ކޮމްޕިއުޓިންގ
  15.  ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
  16.  ފައިނޭންސް
  17.  ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
  18.  ހިޔުމަން ރިސޯސް މެނޭޖްމަންޓް
  19.  އިންފޮމޭޝަން ޓެކްނޮލޮޖީ
  20.  އިންވެންޓްރީ މެނޭޖްމަންޓް
  21.  ލޮޖިސްޓިކްސް މެނޭޖްމަންޓް
  22.  މެނޭޖްމަންޓް
  23. ނެޓްވަރކިންގ
  24. އޮޕަރޭޝަންސް މެނޭޖްމަންޓް
  25.  ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
  26.  ޕްރޮކިއުމަންޓް މެނޭޖްމަންޓް
  27.  ޕްރޮގްރާމިންގ
  28.  ޕްރޮޖެކްޓް މެނޭޖްމަންޓް
  29.  ޕަބްލިކް އެކައުންޓިންގ
  30.  ޕަބްލިކް އެޑްމިނިސްޓްރޭޝަން
  31.  ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  32.  ޕަބްލިކް މެނޭޖްމަންޓް
  33.  ޕާޗޭސިންގް
  34. ކުއަންޓިޓީ ސަރވެއިންގ
  35.  ސޮފްޓްވެއަރ އިންޖިނިއަރިންގ
  36.  ސަޕްލައި ޗެއިން މެނޭޖްމަންޓް
  37.  ސިސްޓަމް އެޑްމިނިސްޓްރޭޝަން
  38.  ވެބް ޑިވެލޮޕްމަންޓް

 

 ޕްރިފަރޑް ޑިސިޕްލިން : ނެތް

 

މަޤާމަށް ކޯ ޑިސިޕްލިން:ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާ/ ދާއިރާތައް:

1. އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަތުރު ހަމަވުމުން

30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް(

25%

އިންޓަރވިއު

35%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހު ގެ 12:00 ގެ ކުރިން، ކެނދިކުޅުދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. 

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމެންޓުގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ، 29 ސެޕްޓެންބަރު 2026 އާއި 02 އޮކްޓޫބަރު 2026 އާ ދެމެދު، ކެނދިކުޅުދޫ ސްކޫލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560546 އަށެވެ. އީ-މެއިލް ކުރާނީ

[email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ރަބީޢުލްއާޚިރު 1448

15 ސެޕްޓެންބަރު 2026

 

15 ސެޕްޓެންބަރު 2026
ހޯދާ