މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓްގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރާ ބައިގެ ތަޅުންތަޅާލާ، އައު ތަޅަން އެޅުމާއި މުށިޖެހުން އަދި އިދާރީ ބަޔާއި ގުޅިފައިވާ ސީ.އޭ ރޫމް އަދި ސައިކޮޓަރީގެ މުށި ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް

މި ކޯޓްގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރާ ބައިގެ ތަޅުންތަޅާލާ، އައު ތަޅަން އެޅުމާއި މުށިޖެހުން އަދި އިދާރީ ބަޔާއި ގުޅިފައިވާ ސީ.އޭ ރޫމް އަދި ސައިކޮޓަރީގެ މުށި ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

  1. މި ކޯޓްގެ ތިރީގައިވާ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2.  ކޯޓްގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރާ ބައިގެ ތަޅުންތަޅާލާ، އައު ތަޅަން އެޅުމާއި މުށިޖެހުން އަދި އިދާރީ ބަޔާއި ގުޅިފައިވާ ސީ.އޭ ރޫމް އަދި ސައިކޮޓަރީގެ މުށި ބަދަލު ކުރުމުގެ މަސައްކަތް

މި މަސައްކަތް ހުޅުވާލެވިފައި ވަނީ ތިރީގައި ބަޔާން ކޮށްފައިވާ ފަރާތްތަކަށެވެ.

2.1.  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
  2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2.  2.1ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މި މަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20  ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މި ކޯޓް (ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓް) ގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ އެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:30 ގައި މި ކޯޓް (ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް) ގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  3. މި މަސައްކަތާ ގުޅޭ ބިޑު ފޮތް އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ނަމޫނާތައް ޢިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.
  4. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މި ކޯޓުގެ މެއިލް އެޑްރެސް        [email protected] އަށް 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރުން ނުވަތަ މިކޯޓްގެ ނަންބަރ 6560639 ފޯނަށް ގުޅުއްވުން އެދެމެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ސެޕްޓެންބަރު 2026
ހޯދާ