ދިވެހިރާއްޖެ
|
އިޢުލާން "ނަލަނަލަ ހެނބަދޫ ވޮލީބޯލް ޓޯނަމަންޓް 2026" ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ މިކައުންސިލުން އިންތިޒާމްކޮށްގެން ހެނބަދޫގައި ވޮލީ ބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ "ނަލަނަލަ ހެނބަދޫ ވޮލީބޯލް ޓޯނަމަންޓް 2026" 02 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ހެނބަދޫގެ ޓީމުތަކަށެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި މިއިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. https://forms.gle/eZ61kAyzLRGnGtp5A މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 03 ރަބީޢުލްއާޚިރު 1448 |
