ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Research Assistant

މަޤާމު:

 ޕްރޮޖެކްޓް ގެ ރިސަރޗް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1

ބާވަތް އަދި މުއްދަތު:

06 މަސް ދުވަސް (ކޮންޓްރެކްޓް މަޤާމެއްގޮތުގައި)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިންޖިނިއަރިންގް، ސައިންސް އެންޑް ޓެކްނޮލޮޖީ

މަސައްކަތް ކުރަންޖެހޭ ވަޤުތު:

މަހަކު 80 ގަޑިއިރު

 

ވަޒީފާއަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ:

  • ނެޓްވޯކިންގްގެ އަސާސީ ހުނަރުތައް ހުރުން.
  • ކޮމްޕިއުޓަރ ސައިންސް، ސޮފްޓްވެއަރ އެންޖިނިއަރިންގް، އައި.ޓީ ނުވަތަ މިނޫންވެސް ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  • ކޮމްޕިއުޓަރ ވިޝަން، ޑީޕް ލާރނިންގް ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ފުންނާބު އުސް ތަޖުރިބާއާއި އިލްމު ލިބިފައިވުން.
  • ޑޭޓާ ލޭބަލްކުރުމާއި، ޑޭޓާސެޓް ތައްޔާރުކުރުމާއި އަދި މޮޑެލް ޓްރެއިންކުރުމުގެ އަމަލީ ތަޖުރިބާ ހުރުން.
  • ޕައިތަން (Python) ބަހަށް ފަރިތަވުން، ސީ-ޕްލަސް-ޕްލަސް (++C) އެނގުމަކީ އިތުރު ފައިދާއަކަށް ވާނެއެވެ.
  • ހަފްތާއަކު 20 ގަޑިއިރު މަސައްކަތް ކުރެވޭނެ ގާބިލުކަން ހުރުން (ގާތްގަނޑަކަށް ހަފްތާއަކު 5 ދުވަހު، ދުވާލަކު 4 ގަޑިއިރު).
  • ދިރާސާކުރުމާއި ކަންކަން ތަހުލީލުކުރުމުގެ ފެންވަރު ރަނގަޅު ހުނަރުތަކެއް ހުރުން.
  • އަމިއްލައަށް އަދި ޓީމެއްގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރުން.

މަސްއޫލިއްޔަތު:

  •  
  • ޕްރޮޖެކްޓުން ކުރިއަށްގެންދާ ދިރާސާ މަސައްކަތް ކުރުން
  • ޑޭޓާ އެއްކުރުމާއި، އެ ޑޭޓާތައް ތަރުތީބުކުރުމާއި، މެނުއަލްކޮށް އަދި އޮޓޮމޭޓެޑްކޮށް ޑޭޓާ ލޭބަލްކުރުމުގެ މަސައްކަތް
  • މެޝިން ލާނިންގ އަދި ޑީޕް ލާނިންގ މޮޑެލްތައް ފަރުމާކޮށް، ތަމްރީނުކުރުމާއި، އޭގެ ފެންވަރު ވަޒަންކުރުމުގެ އިތުރުން އެންމެ އެދެވޭ ނަތީޖާ ނެރެވޭނެހެން އެ މޮޑެލްތައް ހަރުދަނާކުރުން.
  • ކޮމްޕިއުޓަރ ވިޜަން މޮޑެލްތައް ފަރުމާކޮށް އަމަލީގޮތުން ބޭނުންކުރުމާއި، އެކި ގޮތްގޮތަށް ތަޖުރިބާކުރުމުގެ އިތުރުން، އެ ތަކެތީގެ ފެންވަރު ވަޒަންކޮށް ދިރާސާކުރުން.
  • ޕައިތަން ކޯޑިނގް (Python) އެގުން. މީގެ އިތުރުން ++C އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ނެޓްވޯކް ފަރުމާކުރުމާއި، ތަމްރީނުހިނގުންމާއި، ނެޓްވޯކް ވެލިޑޭޝަން މަސައްކަތްކުރުން.          
  • ލިޓްރެޗަރ ރިވިއު ތައްޔަރުކުރުމާއި، ދިރާސާކުރާނެ އުޞޫލުތައް އެކުލަވާލުން.
  • ދިރާސާ ކަރުދާސްތަކާއި، ޓެކްނިކަލް ރިޕޯޓުތަކާއި، އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން.
  • ކަމާގުޅޭ ފަރާތްތަކާއި، ކައުންސިލްތަކާއި، ބޭރުގެ ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުން.
  • ސައިޓްތަކަށް ޒިޔާރަތްކުރުމާއި، މައިދާނީ މަސައްކަތުން މަޢުލޫމާތު އެއްކުރުން.
  • ޑޭޓާ ސެޓްތަކާއި ކުރެވޭ ތަޖުރިބާތަކުގެ ރެކޯޑުތައް ތަރުތީބުން ބެލެހެއްޓުން.
  • ދިރާސާ ކުރާ ޓީމުގެ މެންބަރުންނާ ގުޅިގެން ހަރަކާތްތެރިވުން.
  • ދިރާސާއާ ގުޅުންހުރި އިތުރު މަސައްކަތްތައް ހަވާލުކުރެވޭ މިންވަރަކުން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މަހަކު 5000 (ފަސްހާސް ) ރުފިޔާ

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގެ ރިފަރެންސް ލިޔުންތައް
  • ރެކޮމެންޑޭޝަން ސިޓީ ނުވަތަ ތާއީދު ލިޔުންތައް (އިޚްތިޔާރީ)               

 

ސިޓީ ފޮނުވާނީ:

22 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އުފް އެންޖިނިއަރިންގް، ސައްންސް އެންޑް ޓެކްނޮލޮޖީ، ސޯސަންގެ، ސޯސަންމަގު، މާލެ އީމެއިލް މެދުވެރިކޮށް

(mail to:[email protected])

އިތުރު މަޢުލޫމާތު:

  • މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345434 ނަންބަރު ފޯނާއެވެ.
  • އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އީމެއިލްގައި ހުށައަޅަންވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
14 ސެޕްޓެންބަރު 2026
ހޯދާ