ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ އައި.ސީ.ޓީ ޓެކްނީޝަން

މަޤާމު:

ސީނިއަރ އައި.ސީ.ޓީ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-464025

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ / ( ކޯޕަރޭޓް އެފެއަރޒް ޔުނިޓް)

 

މުސާރަ:

10525.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

4915.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 135.00 ރުފިޔާ.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އައި.ސީ.ޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. އޮފީހުގެ ނެޓްވަރކް ފަރުމާކުރުމާއި، ޑިވެލޮޕްކުރުމާއި، ސަރވަރ މެއިންޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. އޮފީހުގެ ސަރވަރ އާއި ނެޓްވާރކް މެލްވެއަރ، ހެކާރސްގެ ކިބައިން ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އޮފީހުގެ ސަރވަރ ބެނުންކުރަމުންދާގޮތް މޮނިޓަރކުރުމާއި، ޑޮކިއުމަންޓް ކުރުމާއި، ފާހަގަ ކުރެވޭ އާދަޔާ ޚިލާފު ހަރަކާތްތަކެއް ނެޓްވަރކްގައި އުޅޭނަމަ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އޮފީހުގެ ނެޓްވަރކް ޔޫޒަރ އެކައުންޓްސްއާއި އެހެނިހެން ނެޓްވަރކްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. އެންމެ ފަހުގެ ނެޓްވާރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވާރކް ސެކިއުރިޓީ އިޝޫތަކާބެހޭ އަޕްޑޭޓްތައް އިންޓަރނެޓުގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން
  7. އޮފީހުގެ އައި.ޓީއާ ގުޅޭ އެންމެހާކަންކަން ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކޮށްދީ އައި.ސީ.ޓީ އިންފްރާސްޓްރިކްޗަރއަށް ޑައުންޓައިމްއެއް އަޔަނުދީ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  8. އޮފީހުގެ ސަރވަރތައް ކޮންފިގަރކޮށް، ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުމާއި އެތަކެތީގެ މެއިންޓެނަންސް މަސައްކަތްތައް ރާވާ ހިންގުން
  9. އޮފީހުގެ އޯޑިއޯ އަދި ވީޑިއޯ ސިސްޓަމް ގާއިމުކޮށް، މީޓިން/ޝަރީޢަތްތައް/ތަމްރީން ސެޝަންފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  10. އޮފީހުގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރުމަށްޓަކައި އަލަށް ތައްޔާރުކުރާ ސޮފްޓްވެއަރތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ރާވައި ހިންގުމާއި މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރުން. އަދި ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި ގެނެވޭ ބަދަލުތައް މުވައްޒަފުންނަށް އަންގައިދީ އިތުރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  11. އޮފީހުގައި ބޭނުންކުރާ ޕްރިންޓަރ، އެޓެންޑެންސް ފިންގަރޕްރިންޓް މެޝިންފަދަ ހާޑްވެއަރ ތަކެތި އިންސްޓޯލްކުރުމާއި ސޮފްޓްވެއަރ އިންސްޓޯލްކުރުން އަދި މި މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ އެންމެހާ މައްސަލަ ޙައްލުކުރުމަށް އެކަށޭނަ ފިޔަވަޅުތައް އެޅުމާއި މައްސަލަތައް ޙައްލުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުން.
  13.  ކައުންސިލާއި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި، މުވާސަލާތީ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  14. އޮފީހުގެ ޑިޖިޓަލް ޑާޓާ/ އޯޑިއޯ ވީޑިއޯ ރެކޯޑިންގތައް ބެކަޕްކޮށް ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އަރުޝީފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  15. އޮފީހުގެ އެންމެހައި މުވައްޒަފުންނަށް ބޭނުންވާ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެގޮތް ހަމަޖައްސައިދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  16. އޮފީހުގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދީ އަޕްޑޭޓްކޮށް ބެހެލެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  17. އޮފީހަށް ބޭނުންވާ ކޮމްޕިއުޓަރ އިކުއިޕްމަންޓްތަކުގެ ރިކުއެސްޓް ލިސްޓު ތައްޔާރުކޮށް، ކޮމްޕިއުޓަރ ސިސްޓަމްތަކުގެ އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން.
  18. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެމަތީން ކުރުން
  19. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒް ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމަ އަށް އެއްބާރުލުންދީ ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އިންފޮމޭޝަން ޓެކްނޯލޮޖީ، ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ނެޓްވަރކިންގ، ޕްރޮގަރާމިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިޕެލޮޕްމަންޓް، ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭސަން، ކޮމްޕިއުޓަރ ސައިންސް، ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ، ކޮމްފިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ، ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  

 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • އަސާސީ ޝަރުތު ހަމަވުން  %30
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު    %5
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގ އާ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓް 5%
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ    %5
  • އިންޓަރވިއު     %35
  • އިމްތިހާން      20%

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60  (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ސެޕްޓެންބަރު 2026 ވާ އާދިއްތަ ދުވަހުގެ (13.00) ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ސެޕްޓެންބަރު 2026 އާއި 05 އޮކްޓޫބަރު 2026 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑާއި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51 )އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2026
ހޯދާ