ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރިޔަށް އޮތް 5 އަހަރަށް ހދ.ކުމުންދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުން:

              ކުރިޔަށް އޮތް 5 އަހަރަށް ހދ.ކުމުންދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމަށް ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

              މި ބައްދަލުވުމުގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި ތަރައްޤީގެ ފުރުޞަތުތަކާމެދު މަޝްވަރާކުރުމާއި، ރަށުގެ ބޭނުންތަކަށް އިސްކަންދޭނެ ތަރުތީބު ކަނޑައެޅުމާ އަދި މިނޫންވެސް ދެމެހެއްޓެނިވި ތަރައްޤީގެ އެކިއެކި ޙައްލުތައް ދެނެގަނެ އެކަންކަމާމެދު މަޝްވަރާކުރެވޭނެއެވެ.

             ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ. މި އިޢުލާނާއެކު މި މަސައްކަތު ބައްދަލުވުމުގެ އެޖެންޑާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ބައްދަލުވުން އޮންނަ ތަން: ކުމުންދޫ ޢިޖްތިމާއީމަރުކަޒު
  • ތާރީޚާއި ގަޑި: 16 ސެޕްޓެންބަރު 2026 (ބުދަ) ، ހެނދުނު: 8:30
14 ސެޕްޓެންބަރު 2026
ހޯދާ