ދިވެހިރާއްޖެ
މިރަށުން އަލަށް ގޯތި ދިން ސަރަހައްދުގެ މަގު ގޯޅިތަކުން ނަގާފައިވާ ރުއްގަސް ނީލަން ކިޔުން 20 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ހުޅަނގު މަގު ( ތަކުރުފާނު މަގު ) ން ފެށިގެން ކުރިއަށް ގެންދިއުން އޮންނާނެއެވެ. ތަކެތި ނީލަމުން ނަންގަވާ ފަރާތުން 03 ދުވަހުގެ ތެރޭގައި މަގު ގޯޅި ތަކުން އެ ތަކެތި ގެންދަންވާނެއެވެ. އަދި ތަކެތި ނީލަމުން ނަންގަވާ ފަރާތުން ވަގުތުން އަގު އަދާ ކުރަންވާނެއެވެ. ފައިސާ ދައްކަވާނީ އޮންލައިންކޮށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ތިރީގައި މި ދަންނަވާ އެކައުންޓަށެވެ .
އެކައުންޓްގެ ނަން: 1294 ރެވެނިއު 1
އެކައުންޓް ނަމްބަރ: 7714700430001
ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު: 7930016
ނީލަމުން ނަންގަވާ ތަކެތި މުއްދަތުގެ ތެރޭގައި ގެންގޮސްފައި ނުވާނަމަ، އެ ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.
03 ރަބީޢުލްއާޚިރާ 1448
14 ސެޕްޓެންބަރު 2026
ފާޠިމަތު އަރީކާ
ބާރަށު ކައުންސިލުގެ ނައިބު ރައީސް
|
|
