މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރިންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 3

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

އޮފީސް:

އއ. މަތިވެރި ސްކޫލް

މުސާރަ:

މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

 

މަޤާމުގެ ޝަރުޠު:

1. މަގާމަށް  ބޭނުންވާ  ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއިއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ޕްރިންޓްކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން.

2. ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.

3. ޕްރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.

4. ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލައި ހޯދުން.

5. ޕްރިންޓިންގ ރޫމް ސާފުކުރުވައި، ތަރުތީބުކޮށް ބެލެހެއްޓުން.

6. ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.

- މަސައްކަތަށް ޝަޢުޤުވެރިކަންހުރި މިންވަރު.

- އުމުރުން 55 އަހަރުނުވާ މީހަކަށްވުން.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއުއާއި  ޕްރެކްޓިކަލްސް  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މި ސްކޫލުގެ IUL-A/GS152/2016/9 ނަންބަރުގެ އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660816 ނަންބަރު ފޯނާއެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ