ދިވެހިރާއްޖެ
ގދ.ފިޔޯރީ އިޙްތިސާސް ހިމެނޭ ސަރަޙައްދުގެ ލޭޏްޑްޔޫޒް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 16 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާގެ [email protected] މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މައުލޫމާތް ކަރުދާހާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ 20 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން މަތީގައިވާ މެއިލްއަށް ފޮނުވައި ދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 21 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމަގައެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
