މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 16 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި، މިރަށު ތީސްރީމަންޒިލްގޭގެ ހުޅަނގުން އޮތް ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގެ މަސައްކަތު ސައިޓުގައެވެ.

 

(މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، އެފަރާތެއް ތަމްސީލުކުރާ ވިޔަފާރީގެ  ރަޖިސްޓްރީގެ ކޮޕީ ނުވަތަ އިކޮނޮމިކް މިނިސްޓްރީއިން ދޫކުރާ ޕްރޮފައިލް ޝީޓް ގެންނަންވާނެއެވެ. އަދި ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް އަންނަ ނަމަ އެކަމުގެ ލިޔުން ގެންނަންވާނެއެވެ.)

ބީލަން ހުށަހެޅުން

2026ބީލަން ހުށަހެޅުން އޮންނާނީ 22 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައެވެ.

 

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.)

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.

10 ސެޕްޓެންބަރު 2026
ހޯދާ