މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރޮގްރާމްތައް ހިންގައިދޭނެ ޓްރެއިނިންގ އިންސްޓިޓިއުޓުން ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ޒުވާނުން ތަމްރީންކުރުމަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ޕްރޮގްރާމްތައް ހިންގައިދޭނެ ޓްރެއިނިންގ އިންސްޓިޓިއުޓުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެންބަރު 2026 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/11XHkFm6Qhze9GrG9
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
10 ސެޕްޓެންބަރު 2026
ހޯދާ
