ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ހޯދުން

                      މި ކޮމިޓީއިން ދޭ މަޢުލޫމާތާ އެއްގޮތަށް މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                      ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި

23 ސެޕްޓެންބަރު 2026 ވާބުދަދުވަހުގެ 13:00

ބީލަން ހުޅުވުން

23 ސެޕްޓެންބަރު 2026 ވާބުދަދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލްގެ އިދާރާގައި

                      ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނޮކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، ބަދަލުގައި އަންނަ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއާއެކު އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

                      މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

10 ސެޕްޓެންބަރު 2026
ހޯދާ