ހދ. ކުރިނބީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމާއި ސީލިންގ މަރާމާތުކުރުމާއި ދޮރާއިދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް

                               ބީލަން ހުށަހެޅުމުގެ ދަޢުވަތު

      މިކޯޓުގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމާއި ސީލިންގ މަރާމާތުކުރުމާއި ދޮރާއިދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   ކޯޓުގެ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުން

1.2.   ކޯޓުގެ ދޮރާއި ދޮރުފަތް އެލްމިނިއަމްއަށް ބަދަލުކުރުން

1.3.   ކޯޓުގެ ސީލިންގ މަރާމާތުކޮށް ފާރުން ދޮރެއް ކެނޑުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ސެޕުޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިކޯޓު (ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓު) ގައެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 ސެޕުޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިކޯޓު (ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓު، ހދ.ކުރިނބި، ދިވެހިރާއްޖެ ،ފޯން: 6521607                   

 އީ-މެއިލް: [email protected]

 

28 ރަބީޢުލްއައްވަލް 1448

 

10 ސެޕްޓެންބަރު 2026
ހޯދާ