މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރު ގޭބީސީތަކުންނާއި، ވިޔަފާރި އިމާރާތްތަކުންނާއި، ސަރުކާރު އޮފީސްތަކުން ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން

ކުނި އުކާލުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުން

ނ. މާފަރު ގޭބީސީތަކުންނާއި، ވިޔަފާރި އިމާރާތްތަކުންނާއި، ސަރުކާރު އޮފީސްތަކުން ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] މި އީމެއިލް މެދުވެރިކޮށް ފޯމް ހުށައަޅުއްވާ ރަޖީސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި ޢިއުލާނާއިއެކު "ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ" އެންމެ ފަހުގެ އުޞޫލު އަދި ރަޖިސްޓްރީކުރުމަށް އެދޭ ފޯމު އާއްމުކުރަމެވެ.  

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2026
ހޯދާ