ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް

އިޢުލާނު

މަޤާމު:

ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 2 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރިމޯޓްކޮށް

މުސާރަ:

10،753 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގުމަށް ނިންމާ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުން އަންދާޒީ ހިސާބު ތައްޔާރު ކުރުން.
  2. ކައުންސިލުން ހިންގުމަށް ގަސްތުކުރާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ތިމާވެއްޓާ ގުޅުންހުރި އަދި ތިމާވެއްޓަށް އަސަރުކުރާނެ މިންވަރާ ގުޅޭ ގޮތުން ލަފާ ދިނުން.
  3. ކައުންސިލުން ހިންގުމަށް ގަސްތުކުރާ ތަރައްޤީގެ މަސައްކަތްތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  4. ތަރައްޤީ މަޝްރޫއު ތަކަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިންތައް އެކުލަވާލުން.
  5. ބިނާވެށި ޕްލޭން ތަންފީޒުކުރުމުގައި ދިމާވާ ކަންކަމަށް ފަންނީ ލަފާ ދިނުން.
  6. ކައުންސިލުން ރާވާ ތަރައްޤީގެ ޕްލޭންތަކާ ގުޅޭ ގޮތުން މާލީ ލަފާދިނުން.
  7. އިންވަކި ކުރުމާއި، ކަންމުޑި އަޅާ ދިނުމާއި ގުޅޭ ޢިދާރީ މަސައްކަތްތަކުގައި ފަންނީ ލަފަޔާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކައުންސިލްގެ ޕްލޭންތަކާއި، އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ފަންނީ ލަފަޔާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  9. ކައުންސިލުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި ފަންނީ ލަފަޔާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  10. ކައުންސިލްގެ ވޯކް ޕްލޭން ތައްޔާރުކުރުމާއި އަދި ތަންފީޒުކުރުމުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ފަންނީ ލަފަޔާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  11. ކައުންސިލް ޢިދާރާ ހިންގުމުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ނުވަތަ އެވަގުތަކު ހިންގުމާއި ޚަވާލުވެ ހުންނަ ފަރާތަކަށް ޢިދާރީ ހިންގުމާއި، ތަރައްޤީއާއިގުޅޭ ކަންކަމުގައި ފަންނީ ލަފާދިނުން.

މަޤާމުގެ ތަޢުލީމީ ދާޢިރާތައް:

ޕަބްލިކް/ބިޒްނަސް އެޑްމިނިސްޓްރޭޝަން، އާބަން ޕްލޭނިންގް، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކް ޑިވެލޮޕްމަންޓް، ސިވިލް އެންޑް އެންވަޔަރަންމެންޓަލް އިންޖިނިއަރިންގް، ވޭސްޓް ސެގްރިގޭޝަން، ލޯކަލް ގަވަނަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައި ވާނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

04 މަސްހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް.

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމުގެ އަޞާސީ ޝަރުތު

  • އޯލެވެލް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއަށެވެ. މިމަޤާމަށް މީހަކު ނެގުމަށް ބާއްވާ އިންޓަވިއު އޮންނާނީ 17 ސެޕްޓެމްބަރާއި 22 ސެޕްޓެމްބަރާއި ދެމެދުގެ ތާރީޚެއްގައެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ނޯޓް: އެޕްލިކޭޝަން މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6700603 / 9896446) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

10 ސެޕްޓެންބަރު 2026
ހޯދާ