އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގައި ބޭނުންކުރި ކާރު ނީލަމުގައި ވިއްކާލުމަށް

   ނަންބަރ: ASND/GA/IUL/2026/18


 

މިކުންފުނީގައި ބޭނުންކުރި ކާރު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާ ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، މި އިޢުލާނާއިއެކު ޝާއިޢުކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ ސެކްޝަން 3 ގެ ޖަދުވަލު 1 ގައިވާ މައުލޫމާތު/ލިޔެކިޔުން ފުރިހަމަކުރުމަށްފަހު [email protected] އަށް، 17 ސެޕްޓެމްބަރ 2026 ގެ 15:00 ގެ ކުރިން އިމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.

ރެޖިސްޓަރ ވެލައްވާ ފަރާތްތަކަށް، ނީލަންކިޔާ ކާރު ދައްކާލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ނީލަން ކިޔުން އޮންނާނީ 24 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 10:00 ގައި، މި ކުންފުނީގެ މައި އޮފީސް ފެން ބިލްޑިނގ 3 ވަނަ ފަންގިފިލާގައެވެ. ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށާއި، މިނީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

ޕްރޮކިޔުމެންޓް ސެކްޝަން

 

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483 / 7451400  

10 ސެޕްޓެންބަރު 2026
ހޯދާ