މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

      ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2026 " ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ބ. ގޮއިދޫގެ އަންހެން / ފިރިހެން ދެޖިންސަށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ގޮއިދޫއަށް ނިސްބަތްނުވާ ރަށުންބޭރު ކުޅުންތެރިންގެ ގޮތުގައި 2 ކުޅުންތެރިން ހިމެނިދާނެއެވެ.

                     މި މުބާރާތުގެފިރިހެން ޑިވިޝަންގެ ޗެންޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ .އަންހެން ޑިވިޝަންގެ ޗެންޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

        ވިމާ މިމުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 24 ސެޕްޓެންބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި ގަވައިދު 10 ސެޕްޓެންބަރ 2026 އިންފެށިގެން މިކައުންސިލްއިން ލިބެންހުންނާނެއެވެ.

           މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2026
ހޯދާ