ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ، ރެސްޓޯރަންޓް، ގެސްޓްހައުސް އަދި ވިޔަފާރި އުސޫލުން ހިންގާ ތަންތަނުން ނަގާ ކުނި އުކާލުމުގެ މަހުފީ ކުޑަކުރުމާ ގުޅޭ

މި ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 16 ވަނަ ޢާންމު ޖަލްސާއިން ވަނީ، މި ރަށުގައި ހިންގާ ހޮޓާ، ރެސްޓޯރަންޓް، ގެސްޓްހައުސް އަދި އެހެނިހެން ވިޔަފާރިތަކުން ކުނި އުކާލުމަށް މަހުން މަހަށް ނަގަމުންދިޔަ -/300ރ (ތިންސަތޭކަ ރުފިޔާ) ގެ ފީ، -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އަށް ކުޑަކުރުމަށް ނިންމަވާފައެވެ.

ވީމާ، މި ނިންމުމާ ގުޅިގެން އިޞްލާޙު ކުރެވިފައިވާ ''ރަތަފަންދޫގެ ގޭބީސީތަކާއި، މުއައްސަސާ އަދި ވިޔަފާރިތަކުން އުފައްދާ ކުނި ރައްކާތެރިގޮތުގައި ނަގައި އުކާލުމަށް ޢަމަލުކުރާނެ ގޮތުގެ އުޞޫލް'' އަދި ޖަލްސާގެ ނިންމުން މި އިޢުލާނާއެކު ޢާންމުކުރީމެވެ.

10 ސެޕްޓެންބަރު 2026
ހޯދާ