ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތިނަދޫ ސިޓީ ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

     މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ޤަބުރުސްތާނުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 22 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް މެއިލް   [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާ އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 4 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގް ރޫމް (ޗެމްބަރ) ގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަމަށް ރަޖިސްޓްރީކުރެއްވުން

10 ސެޕްޓެމްބަރ 2026 އިން 22 ސެޕްޓެމްބަރ 2025 އަށް

22 ސެޕްޓެމްބަރ 2026 ގެ 13:00 ގެ ކުރިން

އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

4 އޮކްޓޯބަރ 2026

10:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް (ޗެމްބަރ)  

10 ސެޕްޓެންބަރު 2026
ހޯދާ