ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ޑާޓީ ޔުޓިލިޓީ ކޮރިޑޯ ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މިހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ޑާޓީ ޔުޓިލިޓީ ކޮރިޑޯ ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ސާފުކުރުން

14 ސެޕްޓެންބަރު 2026

13:00

އަންދާސީ ހިސާބު ހުށަހެޅުން

21 ސެޕްޓެންބަރު 2026

13:00

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގެނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީ ހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއިއެކު ފޮނުއްވެވުން އެދެމެވެ. އަދި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލުގެ މީޓިން ރޫމުގައެވެ.

10 ސެޕްޓެންބަރު 2026
ހޯދާ