މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2026/244 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.   

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ފަޔަރ ސްޓޭޝަން / ކ. ވިލިނގިލި
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2026 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ 09:00 ގައި
  3. ނީލަމުގައި ބައިވެރިވުމަށް ހާޒިރުވާންޖެހޭ ތަނާއި ގަޑި: ކ. ވިލިނގިލި ފަޔަރ ސަޓޭޝަން ކައިރިއަށް / ގަޑި: 09:00
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހުނީލަން
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 7784109

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ސެޕްޓެންބަރު 2026
ހޯދާ