ދިވެހިރާއްޖެ
އިޢުލާން
ހައްދުންމަތީ ކުނަހަންދޫ ކައުންސިލް އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި ވިންޑޯސް ސަރވިސް ޕްރޯ އަދި ޕްރިންޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި ވިންޑޯސް ސާރފެސް ޕްރޯ އަދި ޕްރިންޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މި ކަމަށް ޝައުގުވެރިވެލައްވާ، ފަރާތްތަކުން 20 ސެޕްޓެމްބަރު 2026 އާދީއްތަ ދުވަހުގެ 13:00 ކުރިން ބިޑު ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަން ރަޖިސްޓްރީވުން އެދެމެވެ.
ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ޕްރޮކިއުމަންޓް މެއިލްއަށް ފޮނުވަންވާނެއެވެ.
- · އެކައުންޓް ނަންބަރު: 7707700380001 (1456 REVENUE 1)
- · ބިޑު ޑޮކިއުމަންޓް އަގު: -/500ރ (ފަށްސަތޭކަ ރުފިޔާ)
- · އީމެއިލް: [email protected]
|
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
|
|
1 |
ބީލަމުގައި ރަޖިސްޓްރީވުމަށް |
ބީލަމުގައި ރަޖިސްޓްރީވުމަށް ބިޑުފޮތް ގަތުމަށް |
20 ސެޕްޓެމްބަރު 2026 |
13:00 އަށް |
|
2 |
ބީލަން ހުށަހެޅުން |
ހައްދުނަމްތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ |
24 ސެޕްޓެމްބަރު 2026 |
13:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެންވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 20 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމައަށް ހައްދުންމަތީ ކުނަހަންދޫ ކައުންސިލްއަށް ޙާޟިރުވެގެން ނުވަތަ 9997059 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
0101
0101 27 C 1448
09 ސެޕްޓެމްބަރު 2026
އަސްމާއު އަބޫބަކުރު
ކައުންސިލްގެ ރައީސް
