ދިވެހިރާއްޖެ
އިޢުލާން
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް މުސާވާތުގައި ހަރުކުރުމަށް 24،000 ބީޓީޔޫ ގެ 3 އޭސީ ފޯރުކޮށްދިނުމާ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކައުންސިލަށް 24،000 ބީޓީޔޫ ގެ 3 އޭސީ ފޯރުކޮށްދިނުމާ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކު: އޭ.ސީ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް – Fill out form
ބީލަން ހުށަހެޅުން އޮންނާނީ 2026 ސެޕްޓެންބަރު 23 ވާ ބުދަ ދުވަހުގެ 11:30 ގައި މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާހާއި، ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި ބީލަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2026 ސެޕްޓެންބަރު 16 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
