މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކެމްޕަސް އެސިސްޓެންޓް ގްރޭޑް 1

ވަޒިފާގެ ފުރުސަތު

މަޤާމު:

ކެމްޕަސް އެސިސްޓެންޓް ގްރޭޑް 1

ބޭނުންވާ އަދަދު، ވަޒީފާ އަދާކުރަން ޖެހޭ ތަން:

#

ވަޒީފާ އަދާކުރަން ޖެހޭ ތަން

ބޭނުންވާ އަދަދު

1

ހއ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ)

4

2

ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި)

4

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ މުއްދަތު:

12 މަސް (އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 1 - ސްޓެޕް 1

މުސާރަ:

-/7535.00

މަގާމުގެ އެލަވަންސް:

-/2260.00

ޙާޒިރީ ޢިނާޔަތް:

-/60 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަސައްކަތުމީހެއްގެ ހައިޞިއްޔަތުން:

  1. އިންސްޓިޓިއުޓްގެ ޢިމާރާތްތަކާއި، ކްލާސްރޫމްތައް، ގޯތިތެރެ އަދި މަގުތައް ކުނިކަހާ ފޮޅާ ސަފުކުރުން
  2. ބަހަންޖެހޭ ސިޓީ ނޯޓް، ކާޑްފަދަ ތަކެތި ބެހުމާއި / އޯޑަރ ފޯމް ތަކަށް މުދާ ނެގުމަށް އިންސްޓިޓިއުޓުން އަންގާ ގޮތެއްގެ މަތިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  3. އިންސްޓިޓިއުޓުން އަންގާ ގޮތެއްގެ މަތިން، މުވައްޒަފުން ތިބޭބައިތައް ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތަކާއި، ސައިކޮޓަރި ސާފުކުރުން.
  4. އިންސްޓިޓިއުޓްގެ އެކިއެކި ބައްދަލުވުން ތަކަށް ހޯލްގައާއި ކްލާސްރުމްތަކުގައި ގޮނޑިޖެހުމާއި ތައްޔާރުކުރުން.
  5. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ހުޅުވަންޖެހޭ ކްލާސްރޫމްތަކާއި ލެބް ފަދަ ތަންތަން ހުޅުވާ ލެއްޕުމާއި ފޮޅާ ސާފުކުރުން.
  6. އިމާރާތުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ފަރުނީޗަރާއި، ކޮމްޕިއުޓަރާއި އެހެނިހެން އިކްވިޕްމެންޓްތައް ގެންދިއުން.
  7. ކްލާސްރޫމްތަކާއި، އިމްތިޙާނުތަކާއި އަދި ސެމިނާރ ފަދަކަންކަން ހިންގުމަށް ބޭނުންވާ ތަންތަން އެކަމަކާ ހަވާލުވެހުންނެވި މުވައްޒަފެއްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.
  8. އެކިއެކި ބައްދަލު ވުންތަކަށް ބޭނުންވާތަކެތި ގަންނަން ދިއުމާއި ސައި ތައްޔާރު ކުރުން.
  9. ދެވޭ އިރުޝާދުތަކާ އެއްގޮތަށް ބަރާބަރަށް ކަންކަން ކުރަން އެނގުން.

ސެކިއުރިޓީ ބެލެހެއްޓުން:

  1. ކަނޑައެޅިފައިވާ ޑިއުޓީ ޝެޑިއުލާއި އެއްގޮތަށް ޑިއުޓީ ބެލެހެއްޓުން
  2. އިންސްޓިޓިއުޓް ތަޅުލެވިފައި ހުންނަ ތަންތަނުގެ ތަޅުދަނޑިތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  3. އިންސްޓިޓިއުޓުން އަންގާ އުސޫލަކުން ތަންތަން ހުޅުވާ ތަޅުލުމަކީ ސެކިއުރިޓީ އޮފިސަރުގެ ޒިންމާއެކެވެ.
  4. އިންސްޓިޓިއުޓް ސަރަހައްދަށް ވަންނަނީ އިންސްޓިޓިއުޓުން ހުއްދަދީފައިވާ މުވައްޒަފުންނާއި ދަރިވަރުންކަން ކަށަވަރުކުރުން. މީގެ ތެރޭގައި އެކިއެކި ކަންކަމުގައި އިންސްޓިޓިއުޓް އޮފީހަށް އަންނަ މީހުން އިސްތިސްނާކުރެވޭނެއެވެ.
  5. އެދުވަހެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ދަންފަޅީގެ ޑިއުޓީގައި މަދުވެގެން ކޮންމެ ގަޑިއަކު އެއްފަހަރު އިންސްޓިޓިއުޓް ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކޮށް އާދަޔާއި ޚިލާފުކަމެއް ފާހަގަކުރެވޭނަމަ އެކަންރެކޯޑްފޮތުގައި ލޮގްކޮށް، ވަގުތުން ފިޔަވަޅުއަޅަންޖެހޭ ކަމެއްނަމަ ކަމާބެހޭ ފަރާތްތަކަށް ވަގުތުން އަންގައިގެން މައްސަލަ ޙައްލުކޮށް އެކަންވެސް ރެކޯޑްފޮތުގައި ލޮގްކުރުން.
  6. ޑިއުޓީ ގަޑީގައި ޢިމާރާތް ދޫކޮށް ނުދިޔުން.
  7. ހެނދުނު 06:00ގައި ދިދަނަގާ އަދި ހަވީރު 06:00 ގައި ދިދަ ތިރިކުރަންވާނެއެވެ.
  8. ޑިއުޓީގައި ހުންނަ ވޮޗަރަކު ގޯތިތެރޭގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދީ، ބަގީޗާގެ ކަންތައްތައް ބެލެހެއްޓުން
  9. ޑިއުޓީއަށް ނުކުމެ ބަންދު ކުރަންޖެހޭ ތަންތަންހުރީ ބަންދުކޮށްފައިތޯ ޑިއުޓީ އޮފިސަރު ޗެކްކުރަންވާނެއެވެ. އަދި ރޭގަނޑު 10 ގެ ފަހުން ކުލާސްތައް ތަޅުލައި ބެހެއްޓުމަކީ ސެކިއުރިޓީ އޮފިސަރުގެ ޒިންމާއެކެވެ.
  10. އިންސްޓިޓިއުޓުގެ އެއްވެސް މުދަލަކަށް މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެޒިންމާ ސެކިއުރިޓީ ބަލަހައްޓަން ހަވާލުވި ފަރާތުން ނަގަންވާނެއެވެ.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ލިޔަން ކިޔަން އެނގުން

ނުވަތަ؛

  1. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

ޕްރިފަރޑް ޑިސިޕްލިން : ނެތް

މަޤާމަށް ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް
  2. ލިޔެކިޔުން ބެހުމާއި އިމާރާތާއި މުދާ ބެލެހެއްޓުމާއިގުޅޭ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 50)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  4. އިންޓަރވިއު (% 40)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ސެޕްޓެންބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/WoSzfBtVN8CST7UQ8

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 21 ސެޕްޓެންބަރު 2026 އާއި 30 ސެޕްޓެންބަރު 2026 އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން،ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑެވެލޮޕްމަންޓްގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041086 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 ސެޕްޓެންބަރު 2026
ހޯދާ