ދިވެހިރާއްޖެ
އިޢުލާން
2 ޓަނުގެ ޕިކަޕެއް އަދި ކުރޫކެބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން
މި ކުންފުންޏަށް 2 ޓަނުގެ ޕިކަޕެއް އަދި އިސުޒޫ ބްރޭންޑުގެ ކުރޫ ކެބް، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ސުރުޚީގައި ދަންނަވާފައިވާ ޕިކަޕް އަދި ކުރޫ ކެބް މިކުންފުންޏަށް ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 01 މާރިޗު 2016 ވާ އަންގާރަދުވަހުގެ 11:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ޕިކަޕުގެ މަޢުލޫމާތު
އުފުލޭ ބަރުދަން: 2 ޓަން (2000 ކިލޯ)
ހަކަތަ: ޑީސަލް
ގިއަރ ބޮކްސް: މެނުއަލް
އުފެއްދި ތާރީޚު: 2013 ވަނަ އަހަރުގެ ފަހުން އުފެއްދި ޕިކަޕަށް ވާންވާނެއެވެ.
ގޮނޑި: ލެދާ
ކުރޫ ކެބްގެ މަޢުލޫމާތު
ބްރޭންޑް: އިސުޒޫ
ހަކަތަ: ޑީސަލް
ގިއަރ ބޮކޮސް: މެނުއަލް
އުފެއްދި ތާރީޚު: 2013ވަނަ އަހަރުގެ ފަހުން އުފެއްދި ކުރޫ ކެބަކަށް ވާންވާނެއެވެ.
ގޮނޑީގެ އަދަދު: 4 ގޮނޑި
މަޢުލޫމާތު އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ
ބޮޑުތަކުރުފާނު މަގު،
މާލެ.