ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ވެލްޑަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ވެލްޑިންގގެ ދާއިރާއިން ސެޓްފިކެޓް ހާސިލުކޮށްފައިވުން ނުވަތަ 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ: -/10،000 ރުފިޔާއާއި -/12،000 ރުފިޔާއާ ދެމެދު
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަންޖެހޭ ތަން: އެފް. އެސް. އެމް. ތިލަފުށީ ބޯޓްޔާޑް
މަޤާމް: ލޭބަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ފުލްޓައިމް މަސައްކަތްކުރެވޭ މީހެއްކަމުގައިވުމާއި، ފުރިހަމަ ސިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.
މުސާރަ: -/5،000 ރުފިޔާއާއި -/6،000 ރުފިޔާއާ ދެމެދު
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަންޖެހޭ ތަން: އެފް. އެސް. އެމް. ތިލަފުށީ ބޯޓްޔާޑް
މަޤާމް: ވަޑި
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠުތައް: ވަޑާމުގެ މަސައްކަތުގެ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ: -/10،000 ރުފިޔާއާއި -/13،000 ރުފިޔާއާ ދެމެދު
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަންޖެހޭ ތަން: އެފް. އެސް. އެމް. ތިލަފުށީ ބޯޓްޔާޑް
ސުންގަޑި: މި ވަޒީފާއަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެސް. ޓީ. އޯ. އައިފާން ބިލްޑިންގުގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް 3331442 ނަންބަރު ފޯނަށް ނުވަތަ 3331445 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
7 ޖުމާދަލްއޫލާ 1437