ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ބިމެއް ކުއްޔަށް ދޫކުރުން

މަސްކައްކާ ހިއްކުމާއި މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރުމަށް މިރަށު ތުނޑީ ސަރަޙައްދުން 10 އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން 20 ސެޕްޓެންބަރު 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވައި ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ފީގެ އަގަކީ 100/-ރ އެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމާއި ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު: https://forms.gle/zFN3CZjtGxEUJ57i9

 ތަފްސީލު

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

21 ސެޕްޓެންބަރު 2026

 ހޯމަ

13:15

ބީލަން ހުށަހެޅުމާއި ބީލާން ހުޅުވުން

ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ

22 ސެޕްޓެންބަރު 2026

 އަންގާރަ

11:00

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

09 ސެޕްޓެންބަރު 2026
ހޯދާ