ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކޮށި ފިޔަވައި ރަށުގެ އެކި ސަރަހައްދުތަކަށް ކުނި ނޭޅުމަށް އިލްތިމާސް ކުރުން
ިހާރަކަށް އައިސް ރަށުގެ ވަލުތެރެއަށާއި، އަލަށް ދޫކޮށްފައިވާ ގޯތި ތަކަށާއި ، ރަށުގެ އެކި ސަރަހައްދުތަކަށް ގިނަ ޢަދަދަކަށް އާންމު ރައްޔިތުން ކުނި އެޅުމާއި، އެކި ބާވަތްތަކުގެ ދަޅާއި، ފުޅި އަދި ކުނި މޫދަށްވެސް އަޅަމުން ދާތީ އެކަންކަމާމެދު މި ކައުންސިލުން ނުހަނު ކަންބޮޑުވުން ފާހަގަ ކުރަމެވެ.
ވީމާ، ކުނިކޮށްޓަށް ފިޔަވައި ރަށުގެ އެއްވެސް ތަނަކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުމަށް އެންމެހާ ރައްޔިތުންނަށް އަންގާ އިލްތިމާސް ކުރަމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ނިހާޔަތަށް ބޭނުންވެއެވެ. އަދި ކުނިކޮށި ފިޔަވައި ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ޤާނޫނާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
09 ސެޕްޓެންބަރު 2026
ހޯދާ
