ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއާއި ކުރިން ކޯޓު ހިންގި އިމާރާތް ގުޅުވާލުމާއި އިދާރާގެ ފޫޓްފާރު ރޭނުން

އިޢުލާން

ކައުންސިލް އިދާރާއާއި ކުރިން ކޯޓު ހިންގި އިމާރާތް ގުޅުވާލުމާއި އިދާރާގެ ފޫޓްފާރު ރޭނުން

މިއިދާރާގެ ނަންބަރު: IUL)253/253/2015/1087)ފ(13 ޑިސެންބަރު 2015) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އަލުން އިޢުލާން ކުރަމެވެ.

ކައުންސިލް އިދާރާއާއި ކުރިން ކޯޓު ހިންގި އިމާރާތް ގުޅުވާލުމާއި އިދާރާގެ ފޫޓްފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި ދެންނެވިފައި މިވަނީއެވެ.

* ފާރުން ކެނޑުމަށްފަހު ބިއްލޫރި ފްރޭމް ހަދައި ހަރުކުރުން

* ޕާޓިޝަން ޖެހުން

* ދޮރާއި ދޮރުފަތާއި ތަޅު ހަރުކުރުން

* ކައުންޓަރ ހެދުން

* ފޫޓްފާރު ރާނައި ސިމެންތިޖެހުން

* ކުލައާއި ދަވާދު ލުން

ވީމާ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 03 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016
ހޯދާ