ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުމުގެ މުބާރާތް

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ހުޅުވާލި ނަންބަރު: (IUL)408-CA/408/2026/38 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހެޅި ލިޔެކިޔުންތައް ހަމަނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) ލިބޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގެ ހުރިހާ އިޚްތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.

 

ލޯގޯހުށަހެޅުން:

  1. ފަރުމާކޮށްފައިވާ ލޯގޯ 2026 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 13:00 ކުރިން ހުށަހަޅަންވާނެއެވެ.
  2. އީ-މެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނީ [email protected]  އަށެވެ.
  3. އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 3 ލޯގޯއެވެ.
  4. ޝޯޓް ލިސްޓް ކުރެވޭ ލޯގޯތައް ޕްރެޒެންޓް ކޮށްދޭންވާނެއެވެ.

 

ލޯގޯފަރުމާކުރުމާއިޝިއާރުކަޑައެޅުމުގައިސަމާލުކަންދޭންޖެހޭކަންތައްތައް:

  1. ލޯގޯއިން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ރަމްޒުކޮށްދިނުން.
  2. ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިނގިރޭސިބަހުން ހިމެނުން.
  3. އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން.

 

ލޯގޯއާއެކުހުށައަޅަންޖެހޭމައުލޫމާތު:

  1. ލޯގޯ ހުށަހަޅާއިރު ކަވަރ ލެޓަރއެއް ހުށަހެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.

1.1.  ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިފަދަ ފަރާތަކުން ހުށަހަޅާނަމަ، ރަޖިސްޓްރީގެ ކޮޕީއާއި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހުށަހެޅުން.

1.2.  ހުށަހަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުން.

  1. ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށަހެޅުން.
  2. ލޯގޯގެ ސޮފްޓް ކޮޕީ 150 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީ.ޕީ.އައި ރިޒޮލިއުޝަންގައި ހުށަހެޅުން.
  3. ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށަހެޅުން.

 

ހުށަހަޅާ އެންމެ ރަނގަޅު ލޯގޯ ހޮވުމަށްޓަކައި މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

 

ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީގެ މިންވަރު

30 މާކްސް

އަމިއްލަ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

30 މާކްސް

އަމިއްލަވަންތަކަން

25 މާކްސް

ލޯގޯ ރަމްޒުކޮށްދީފައިވާ މިންވަރު

15 މާކްސް

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލް 1448

09 ސެޕްޓެންބަރު 2026

09 ސެޕްޓެންބަރު 2026
ހޯދާ