ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރ (ކޮންޓްރެކްޓް) މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

 09 ސެޕްޓެންބަރު 2026

ނަންބަރު:

(IUL)168-HR/1/2026/104 

ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިޕާޓްމަންޓް

މަޤާމު:

 ޑިރެކްޓަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

ބޭނުންވާ މުއްދަތު:

 07 މާރިޗު 2027 ގެ ނިޔަލަށް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/11,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ، 

 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ، 

 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ، 

 4. ލީޑް އޮފިސަރ ލެވެލް މަޤާމުގެ ޝަރުތުހަމަވުމާއެކު ލީޑް އޮފިސަރ ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ މަޤާމެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމާއި، ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒްކޮށް އެފަރާތްތަކަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން.
  2. ޑިޕާޓްމަންޓުގެ ބައްދަލުވުންތައް ރާވާ ހިންގުމާއި، އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށް ލަފާދީ، ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ވިލަރެސްކުރުން.
  3. ޑިރެކްޓަރ ޖެނެރަލް ނެތް ހާލަތްތަކުގައި ޑިޕާޓްމަންޓް އިސްވެ ހިންގުމާއި، އެނުއަލް ވޯރކް ޕްލޭން އެކުލަވާލައި އެ ޕްލޭން ތަންފީޒުވަމުންދާ މިންވަރު ގާތުން ބަލައި މޮނިޓަރކުރުން.
  4. ކޮމިޝަނުގެ ހިއުމަން ރިސޯސް ޕްލޭންތައް އެކުލަވާލައި،  އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޔުނިޓުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
  5. މުވައްޒަފުންނާ ގުޅޭ ތަފާތު ސިޔާސަތުތަކާއި ގަވާއިދުތައް އެކުލަވާލައި، އެ ކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ރާވައި ހިންގުން.
  6. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމަށްޓަކައި 'ޓްރެއިނިންގ ނީޑް އެނަލިސިސް' ހެދުމާއި، މި އެނަލިސިސްގެ މައްޗަށް ބިނާކޮށް މުވައްޒަފުންގެ ކެޕޭސިޓީ ޑިވަލޮޕްމަންޓް ޕްލޭން އެކުލަވާލައި ތަންފީޒުކުރުމާއި، މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުމުގެ ގޮތުން، އިންޑަކްޝަން ޕްރޮގްރާމްތަކާއި، އޮރިއެންޓޭޝަން ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
  7. ކޮމިޝަނުގެ އަހަރީ ރިޕޯޓް އަދި ކޮމިޝަނުން ތައްޔާރުކުރާ އެހެނިހެން ރިޕޯޓުތަކަށް ބޭނުންވާ ޔުނިޓާ ގުޅުންހުރި މައުލޫމާތު ހޯދާ އެ މަޢުލޫމާތުތައް ކޮމްޕައިލްކޮށް ފުރިހަމަކުރޭތޯ ބެލުމާއި، އެހެން ޑިޕާޓްމަންޓުތަކުން ހޯދުމަށް އެދޭ ޔުނިޓުގެ މަސައްކަތާ ގުޅުންހުރި މައުލޫމާތުތަކާއި ތަފާސްހިސާބުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ރާވާ ހިންގުން.
  8. މުވައްޒަފުން ބިނާކުރުމުގެ އެކިއެކި ތަމްރީން ޕްރޮގްރާމްތަކުން މުވައްޒަފުން ހޯދާ ލިބިގަންނަ މައުލޫމާތާއި ހުނަރުތައް ބޭނުންކޮށްގެން، ކޮމިޝަނުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އަދި ސެކްރެޓަރީ ޖެނެރަލަށް ލަފާދިނުން.
  9. ކޮމިޝަނުގެ ވަޒީފާގެ އޮނިގަނޑާއި އޮނިގަނޑާއި މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ މަސައްކަތްކުރުން.
  10. ޖޮބް އެނަލިސިސް ހަދައި ވަޒީފާގެ ބަޔާންތަކަށާއި އިދާރީ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.
  11. މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކޮށް، އެކަމާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުން.
  12. މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމަށް ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޛުކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  13. ކޮމިޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރެވޭ އިޢުލާނުތަކާ ގުޅިގެން، ކަނޑައެޅިފައިވާ ޤަވާއިދުތަކާ އެއްގޮތަށް މުވައްޒަފުން ހޮވުމުގެ ހުރިހާ މަރުހަލާތަކެއް ބަލަހައްޓައި، އެ މަސައްކަތްތައް ވިލަރެސްކުރުން.
  14. މުވައްޒަފުންނަށް ލިބޭ އެންމެހާ ޗުއްޓީތައް ހަމަޖެއްސުމުގެ ކަންކަން ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމާއި، މުވައްޒަފުންގެ ރެކޯޑުތައް ބަލަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކޮށް އެ މަސައްކަތްތައް ރާވައި ހިންގުން.
  15. މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އެކަންކަން ރާވައި ހިންގުމާއި، މުވައްޒަފުނަށް ދެވޭ ނަސޭހަތާއި އިންޒާރުގެ ރެކޯޑްތައް ބެލެހެއްޓުމުގެ ކަންކަން ކުރުން.
  16. ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނާއި ގަވާއިދާއި އަދި މާލީކަންކަމާބެހޭ ވުޒާރާގެ އުސޫލުތަކާ އަދި ކަމާ ގުޅުންހުރި ޤާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީއާއި، މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަން ތަންފީޒުކުރުމާއި ވިލަރެސްކުރުން.
  17. ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
  18. އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  19. އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  20. މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2026 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި މި މަޤާމުގެ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމާނީ މަސައްކަތުގެ ފެންވަރަށް ބަލައި ކޮމިޝަނުންނެވެ. 
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް  (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް  (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

09 ސެޕްޓެންބަރު 2026
ހޯދާ