ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ޕްރިންސިޕަލް އެކަމަޑޭޝަން ބްލޮކް ( ހެޑްމާސްޓަރުގެ ) ތަޅާލައި ، ގާކުނޑިތަކާއި، ބޭނުން ނުކުރާ ސާމާނުތައް ނަގައި، ނައްތާލައި، އެ ސަރަހައްދު ސާފުކުރުމަށް ބޭނުންވެއްޖެއެވެ.
ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ޕްރިންސިޕަލް އެކަމަޑޭޝަން ބްލޮކް ( ހެޑްމާސްޓަރުގެ ) ތަޅާލައި ، ގާކުނޑިތަކާއި، ބޭނުން ނުކުރާ ސާމާނުތައް ނަގައި، ނައްތާލައި، ސްކޫލުން އަންގާގޮތެއްގެމަތީން އެ ސަރަހައްދު ސާފުކުރުމަށް ބޭނުންވާތީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 09 ސެޕްޓެމްބަރ 2026 އިން 20 ސެޕްޓެމްބަރ 2026ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ތަފްސީލް |
ގަޑި |
ތަން |
|
21 ސެޕްޓެމްބަރ2026 |
ހޯމަ |
މަޢުލޫމާތު ސާފްކުރުން |
11:30ހެނދުނު |
ވ.އަތޮޅު ތަޢުލީމީ މަރުކަޒު |
|
23 ސެޕްޓެމްބަރ 2026 |
ބުދަ |
އަންދާސީ ހިސާބްހުށަހެޅުން |
13:00މެންދުރު |
ވ.އަތޮޅު ތަޢުލީމީ މަރުކަޒު |
މި މަސައްކަތްކޮށްދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
- ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން ނަންނޯޓްކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2026 އިން 20 ސެޕްޓެމްބަރ 2026ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ރަސްމީގަޑީގައި ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ( ނަންބަރު 6700026 އަށް ) ، ނުވަތަ 9704428 ނަންބަރަށް ގުޅުއްވައި ނުވަތަ، މި ސްކޫލުގެ އީމެއިލް އެޑްރެސްއަށް މެއިލް ފޮނުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. މި ސްކޫލުގެ އީމެއިލް އެޑްރެހަކީ: [email protected] އެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިދަންނަވާ ނަންބަރަށް 6700026 ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ، ނުވަތަ 9704428 ނަންބަރަށް 09 ސެޕްޓެމްބަރ 2026އިން 21 ސެޕްޓެމްބަރ 2026އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
