ދިވެހިރާއްޖެ
އިޢުލާން
ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ އިމާމުން ގެނެސްދޭނެ ފަރާތެއް ހޯދުން
1437ވަނަ އަހަރުގެ ރަމަޟާންމަހު ށ. އަތޮޅުގެ 10 ރަށެއްގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ އިމާމުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް އިމާމުން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 22 ވަނަ ދުވަހުގެ 10:00 މިއިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ފެބުރުވަރީ 28 ވަނަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6540025 ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އިބްރާހީމް މުޝްރިފް ފޯނު ނަންބަރު 3013110) ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
02 ޖުމާދަލްއޫލާ 1437