މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓްސޯސްކުރުމާބެހޭ

އިޢުލާން

2016 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ އައުޓް ސޯސްކުރުމާބެހޭ

މި ސްކޫލުގެ ނަންބަރު GS69/BUDGET/2016/05ފ(02 ފެބުރުވަރީ 2016) ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

01 މާރިޗު 2016 ން 31 ޑިސެންބަރު 2016 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

22 ފެބުރުވަރީ 2016

ހޯމަ

10:30

އަންދާސީހިސާބު ހުށަހެޅުން

23 ފެބުރުވަރީ 2016

އަންގާރަ

10:30

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

14 ފެބުރުވަރީ 2016
ހޯދާ